މާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ގެއްލިގެން ހޯދަމުން ދިޔައީ މ. އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ (14އ) އެވެ.

ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުއްޖާ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

އޭނާ ގެއްލިގެން ހޯދަން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އާއިލާއަށް ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓު ކުރުމުންނެވެ.