ހއ. އަތޮޅުގެ 13 ރަށެއްގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ އަތޮޅު ހޮސްޕިޓަލަށާއި ސިއްހީ މަރުކަޒުތަކަށް ދާއިމީ 52 ދިވެހި ރެޖިސްޓާޑް ނަރުހުން ބޭނުންވާ ކަމަށެވެ.

  • އަތޮޅު ހޮސްޕިޓަލަށް: 13 ނަރުހުން
  • ބާރަށް ސިއްހީ މަރުކަޒަށް: 2 ނަރުހުން
  • މުރައިދޫ ސިއްހީ މަރުކަޒަށް: 2 ނަރުހުން
  • ތަކަންދޫ ސިއްހީ މަރުކަޒަށް: 6 ނަރުހުން
  • ހޯރަފުށީ ސިއްހީ މަރުކަޒަށް: 4 ނަރުހުން
  • ތުރާކުނު ސިއްހީ މަރުކަޒަށް: ނަރުހެއް
  • އުލިގަމު ސިއްހީ މަރުކަޒަށް: 2 ނަރުހުން
  • މޮޅަދޫ ސިއްހީ މަރުކަޒަށް: 2 ނަރުހުން
  • ކެލާ ސިއްހީ މަރުކަޒަށް: 8 ނަރުހުން
  • ވަށަވަރު ސިއްހީ މަރުކަޒަށް: 3 ނަރުހުން
  • ފިއްލަދޫ ސިއްހީ މަރުކަޒަށް: 2 ނަރުހުން
  • މާރަންދޫ ސިއްހީ މަރުކަޒަށް: ނަރުހެއް
  • އުތީމު ސިއްހީ މަރުކަޒަށް: 2 ނަރުހުން
  • ޕަބްލިކް ސާވިސް ރޭންކް 5 އަށް: މުސާރަ/ 16،741 ރުފިޔާ އަދި މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް 144 ރުފިޔާ
  • ޕަބްލިކް ސާވިސް ރޭންކް 7 އަށް: މުސާރަ 19،151 ރުފިޔާ އަދި މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކު 165 ރުފިޔާ
  • އެހެނިހެން އެލަވަންސްގެ ތެރޭގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ

ނަރުހުންގެ މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން، ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.