ދ. އަތޮޅުގައި ހިންގާ ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކްސިޑެންޓް ހިނގައިގެން އުޅޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ އެކްސިޑެންޓާ ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާ ލިބިގެން ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.