ޔޫއެފާ ޔޫރޯ 2024ގެ ހަތްވަނަ މެޗުގައި އިންގްލެންޑާއި ސާބިއާ ވާދަކުރާ ގްރޫޕް ސީގެ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދެ ޓީމުންވެސް މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. އިންގްލެންޑަކީ މިދިޔަ ޔޫރޯ 2020ގެ ރަނަރަޕް ޓީމު. އެޓީމުން އެފަހަރު ފައިނަލުގައި ބަލިވީ އިޓަލީ ކައިރިން ޕެނަލްޓީ ޖަހައިގެން. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ތަށްޓަކަށް އިންގްލެންޑުން ކުރަމުން އަންނަ މަސައްކަތުގައި މިރޭގެ ފެށުން މުހިއްމު ވާނެ.

  • ގެރެތު ސައުތުގޭޓް - އިންގްލެންޑް

"ސާބިއާ އަހަރެމެންނަށް ފަސޭހަ ނުވާނެ. އިންޑިވިޖުއަލް ވަރަށް ހުނަރުވެރި ކުޅުންތެރިން ސާބިއާގައި އެބަ ތިބި. އަދި އެ ޓީމުގެ ރޫހުވެސް ވަރަށް ރަނގަޅުވާނެ. އަހަރެމެންނަށް އެނގޭ މި ފަހަރު އޯޕެނިން މެޗު އުނދަގޫވާނެކަން. ބުރަކޮށް މަސައްކަތް ކުރަންޖެހޭ،"

  • ޑްރަގަން ސްޓޮކޮވިޗް - ސާބިއާ

"އަހަރެމެންނަށް އެނގޭ މުބާރާތް ފަށަން މި ޖެހުނީވެސް ފެވަރިޓަކާ ދެކޮޅަށް ކަމަށް. އެއީ އިންގްލެންޑް. އެހެންވިޔަސް، އަހަރެމެން ވަރަށް ބޮޑަށް ތައްޔާރުވެއްޖައިން. އެއީ ޓެކްޓިކަލީ އަދި ފިޒިކަލީވެސް. އަހަރެމެންނަށް މިހާރު ރަނގަޅީ ވީހާވެސް އަވަހަކަށް މެޗު ފެށިއްޔާ. އަހަންނަށް އެނގޭ އިންގްލެންޑްގެ ޗެލެންޖާ ކުރިމަތިލާން އަހަރެންގެ ޓީމު ތައްޔާރުކަން،"