ޕާކިސްތާނުގައި ޕްލާސްޓިކް ދަތްޕިލަ ޖަހައި ބަކަރި ވިއްކި މީހަކު ހައްޔަރުކޮށްފިއެވެ.
ޕާކިސްތާނުގެ ވެރިރަށް ކަރާޗީގައި ހޮނިހިރު ދުވަހު ހައްޔަރުކުރި އެމީހާ ވަނީ އޭނާ ވިއްކާ ބަކަރީގައި އަސްލު ދަތްޕިލައިގެ ބަދަލުގައި ޕްލާސްޓިކު ދަތްޕިލަ ޖަހާފައެވެ.
އެމީހާ ވިއްކި ބަކަރިއެއް ގަތް މީހަކު ސޯޝަލް މީޑިއާގައި އެކަމާއި ގުޅޭ ވީޑިއޯއެއް އާންމު ކުރުމުން ފުލުހުން ވަނީ ބަކަރި ވިއްކާ މީހާ ހައްޔަރުކޮށް ސުވާލުކޮށްފައެވެ. އޭނާ ވަނީ އެކަމަށް އެއްބަސްވެފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އެމީހާ ދިޔައީ އީދަށް އުލްހިޔާ ކަތިލުމަށް ބޭނުންވެގެން ބަކަރި ގަންނަ މީހުންނަށް ވިއްކަމުން ކަމަށް ބުނެފައެވެ. އެގޮތުން ކަރާޗީގެ އިތުރުން ހައިދަރްއާބާދުގައި ވެސް އެމީހާ ބަކަރި ވިއްކި ކަމަށް ފުލުހުން ބުނެއެވެ.
ޕްލާސްޓިކް ދަތްޕިލަ ޖަހައި ބަކަރި ވިއްކި މީހާ ވިއްކާފައިވާ ހަތް ބަކަރިއެއް އަތުލައިގަނެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ