އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓާފްލައި އިވެންޓުގެ ގައުމީ ރެކޯޑް މިރާލް އައިން ލަތީފް އާކޮށްފިއެވެ.
މިރާލް މި ފަހަރު ރެކޯޑު އާކުރީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ވާދަކޮށްގެންނެވެ. މިރާލް ގައުމީ ރެކޯޑު އާކޮށްފައިވަނީ އެއް މިނެޓް 13.96 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިރާލް ކުރިން އެ ރެކޯޑު ހަދާފައި އޮތީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި އެއް މިނެޓް 13.99 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. މިއީ އެ މުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި ފުރަތަމަ ގައުމީ ރެކޯޑެވެ.
މިރާލްއަކީ ޒުވާން، ހުނަވެރި ފެތުންތެރިއެކެވެ. މީގެ ކުރިންވެސް އޭނާ ވަނީ ގައުމީ ރެކޯޑުތައް އާކޮށްފައެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން