ތުރުކީގައި ހިނގި އެކްސިޑެންޓަކަށްފަހު ފިލައިގެން އުޅުނު ކުއްޖަކު އެމެރިކާ އިން ހައްޔަރުކޮށްފިއެވެ.

މި އަހަރުގެ މާޗު މަހު ތުރުކީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް މީހެއްގެ ގައިގާ ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާއިރު، ކާރު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ވަނީ އެކްސިޑެންޓަށްފަހު ގައުމު ދޫކޮށް ފިލައިފައެވެ.

ކުއްޖާ ގައުމު ދޫކޮށް ފިލާފައިވާކަން އެނގުނީ ތުރުކީގެ ފުލުހުން ހިންގި ތަހުގީގުން އެ ކުއްޖާއާއި އޭނާގެ މަންމަ ތުރުކީން ފުރަން އެއާޕޯޓުގައި ހަރަކާތްތެރިވި ސީސީޓީވީ ފޫޓޭޖު ލިބުމުންނެވެ. އަދި އެ މީހުން ތުރުކީން މިސްރަށް އެތެރެވުމަށްފަހު، މިސްރުން އެމެރިކާއަށް ދިޔަކަން ވަނީ އެނގިފައެވެ.

ތުރުކީގެ ކަމާބެހޭ އިދާރާތަކުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އެ ދެ މީހުން ހައްޔަރުކުރުމުގެ އަމުރެއް ނެރެ، އެމެރިކާގެ އިދާރާތައް މެދުވެރިކޮށް އެ ދެ މީހުން ހުކުރު ދުވަހު ހައްޔަރުކޮށްފައެވެ.

އުމުރުން 17 އަހަރުގެ ތައިމުރްއާއި އޭނާގެ މަންމަ އޭލެމް ޓޮކް ހައްޔަރުކޮށްފައިވާއިރު އެމީހުންނާމެދު އަމަލު ކުރާނެ ގޮތެއް ކޯޓަކުން އަދި ނުނިންމައެވެ.