މާދަމާ މިރޭ ޖަރުމަނުގައި ފަށާ، ޔުއެފާ ޔޫރޯ 2024 ސޮނީ ލިވް އިން ބަލައިލުމަށް ހާއްސަ ޕެކްތަކެއް އިއުލާނު ކޮށްފިއެވެ.

ޔޫރޯ ބެލުމަށް އުރީދޫން ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައިވާ އިރު، އެންމެ 250 ރުފިޔާއަށް ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް މެމްބަރޝިޕްގެ އިތުރުން، 100 ޖީބީ ހިލޭ ޑޭޓާ 30 ދުވަހުގެ ވެލިޑިޓީއާއެކު ލިބޭނެއެވެ.

އެހާއްސަ އޮފާގެ ސަބަބުން ކަސްޓަމަރުންނަށް ޑޭޓާ ލިމިޓްގެ ކަންބޮޑުވުމެއް ނެތި ސޮނީ ލިވް އިން ޔުއެފާ ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމް ކުރެވޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.

ސޮނީ ލިވް ޕެކްސްއާއެކު ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ޔުއެފާ ޔޫރޯ 2024 ގެ ހުރިހާ މެޗެއް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ފޯނުން، ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓް ޓީވީ މެދުވެރިކޮށް ފަސޭހައިން ބަލައިލެވޭނެއެވެ. އުރިދޫގެ ޕެކޭޖާއެކު މުބާރާތުގެ ލައިވް ބްރޯޑްކާސްޓްތައް މެދުނުކެނޑި ސްޓްރީމްކުރުމުގެ އިތުރުން 40،000 އަށް ވުރެ ގިނަ ގަޑިއިރުގެ ޝޯތައް ފެނިގެންދާނެއެވެ.

އެއީ އެކްސްކްލޫސިވް ލިވް އޮރިޖިނަލްސްއިން ފެށިގެން އިންޓަނޭޝަނަލް ސީރީޒް އާއި ސޮނީ ޓީވީގެ ހުރިހާ ޝޯއެއް އަދި ލައިވް ސްޕޯޓްސް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނިގެންދާނެއެވެ.

އުރީދޫގެ ސޮނީ ލިވް ޕެކްތަކާއެކު ޔުއެފާ ޔޫރޯ 2024 ގެ އުފާވެރިކަމާއި ފުޓުބޯޅަ ފޯރި ކަސްޓަމަރުންގެ ތެރޭގައި އިތުރު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އުރީދޫން ބުނެފައިވެއެވެ.

ޕެކޭޖުތަކުގެ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ސަބްސްކްރައިބް ކުރުމަށް އުރީދޫ ވެބްސައިޓް ނުވަތަ ސުޕަ އެޕް ބޭނުން ކުރެވޭނެއެވެ.