ދުވާރުމަތީގައި ވެހިކަލް ޕާކްކުރުން ހުއްޓުވަން ބޮލާޑް ޖަހަން ފަށައިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ މާލޭގެ ބައެއް މަގުތަކުގެ ދުވާރުގެ އަރިމަތީގައި ބޮލާޑް ޖަހައިފައިވާ ފޮޓޯތަކެއް އާންމުކޮށްފައެވެ. ފޮޓޯތައް އާންމުކޮށް ސިޓީ ކައުންސިލުން ބުނީ އެއީ ދުވާރުމަތީގައި ވެހިކަލް ޕާކުކުރުން ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ސިޓީ ކައުންސިލުން ބޮލާޑް ޖަހައިފައިވަނީ ލިލީމަގުގައެވެ.
އެކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދުވާރުމަތީގައި ކާރު ފަދަ އުޅަނދުތައް ޕާކްކުރުން ހުއްޓުވަން މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ނުވަތަ ޕާކް ނުކުރެވޭ ގޮތަށް ދަގަނޑު ޖަހަމުން އަންނަ ކަމަށެވެ. އެކަން ކުރާނީ ދުއްވަން އަދި ހިނގަން ވެސް ދަތިނުވާ ތަންތަނުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.
ދުވާރުމަތީގައި ކާރު އަދި ޕިކަޕުތައް ޕާކުކޮށްފައި ބެހެއްޓުމުގެ ސަބަބުން ހިނގާ މީހުންނަށް ދަތިވެ އެކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ހުށަހަޅައެވެ.
ޚަބަރު
ޚަބަރު
ޚަބަރު