މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފުގެ ވެހިކަލް ވަގަށް ނެގި މައްސަލައިގައި ހަރަކާތްތެރިވި މީހުން އިމިގްރޭޝަންގެ ވެހިކަލެއްވެސް ވަގަށް ނެގި ކަމަށް ފުލުހުން ބުނެފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ހައި ސެކިއުރިޓީ ޒޯނެއްގައި ޕާކުކޮށްފައި އޮއްވައި، އެމްޑީ ޝަރީފްގެ ވެހިކަލް ވަގަށް ނެގީ، މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ، މ. މޮޑެން ޕޮއިންޓް އަހުމަދު ނިޒާމު 43އ އާއި އެމްއޭސީއެލްގެ މުވައްޒަފެއް ކަމުގައިވާ މ. ސީނުއަސަރުމާގެ މުހައްމަދު ހައިސަމް 42އ އެވެ.
އިސްކަންދުކޮށީގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރެޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ، އެމްޑީގެ ވެހިކަލް، އެއާޕޯޓުން ނެރެގެން ފުރަތަމަ ގެންދިޔައީ ހުޅުމާލެއަށް ކަމަށެވެ. އަދި ހުޅުމާލޭ ވިލާ ޕެޓްރޯލް ޝެޑު ކައިރީގައި ހުންނަ އޮރެންޖު ބިލްޑިން ކައިރީ މަޑުކޮށް ނަންބަރު ޕްލޭޓު ބަދަލުކޮށް މާލެ ގެނައި ކަމަށެވެ. އަދި އެރޭ ދަންވަރު އެ ވެހިކަލް ގެނެސް ވެއްދީ ހ. އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖަކަށް ކަމަށާއި އެއީ ނާޒިމަށް ކުއްޔަށް ދޫކޮށްފައި ހުރި ގަރާޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ހާޒިރުގައި ގަރާޖު ބެލި އިރު އެމްޑީގެ ވެހިކަލް އާއި އިމިގްރޭޝަނުން އޭގެ މަހެއްގެ ކުރިން ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފުރޮޅުލީ ވެހިކަލެއްވެސް ފެނުނު ކަމަށް ދާވޫދު ވިދާޅުވިއެވެ.
"100 ވެހިކަލް މި ދެންނެވި ގަރާޖު ހިންގާ ފަރާތުގެ ނަމުގައި, އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލެއް ރަޖިސްޓްރީކޮށްފައި އޮތްކަން. 86 ވެހިކަލް ބަހާލާފައިވަނީ ނިޒާމްގެ އަނބިކަނބަލުންގެ ނަމުގައި 42 ވެހިކަލެއް, ބާކީ ވެހިކަލް އޭނާގެ ނަމުގައި," ދާވޫދު ބުންޏެވެ.
ދާވޫދު ވިދާޅުވީ، އެ ގަރާޖުގައި ވެހިކަލްތަކުގެ އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށް، އޭގެ އިންޖީނު ނަންބަރާއި ޗޭސިސް ނަންބަރު ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުންދާ ކަމަށެވެ.
ދާވޫދު އިތުރަށް ވިދާޅުވީ، އެ ވެހިކަލްތަކަށް ގަރާޖު ސިޓީ ދޫކޮށްފައިވަނީވެސް ނުގަވައިދުން ކަމަށެވެ.
"ވެހިކަލްތަކުގެ ރެޖިސްޓްރީ ޓްރާންސްޕޯޓު މެދުވެރިކޮށް 2023 ގެ ކުރީގައި, 2025, 2026, 2027, ބައްދަލުނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކޮށް ރެޖިސްޓްރީ އިޝޫކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވޭ," ދާވޫދު ވިދާޅުވި އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު