އަރަފާތު ދުވަހުގެ ހުތުބާ 50 ބަހަކުން ތަރުޖަމާ ކުރާނެ ކަމަށް ސައުދީގެ އޮފިޝަލުން ބުނެފިއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ދިން އަބްދުލް އަޒީޒް އަލް ސައުދުގެ އިސްނެންގެވުމުގެ ދަށުން ފައްޓާފައިވާ އެޕްރޮގްރާމުގައި މިއަހަރު އެއްވަގުތެއްގައި އަރަފާތު ދުވަހުގެ ހުތުބާ ދުނިޔޭގެ އެކިކަންކޮޅުތަކުން 50 ބަހަކުން ތަރުޖަމާ ކޮށްދިނުމަށް ނިންމާފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފެށި އެޕްރޮގްރާމުގައި އެންމެ ފުރަތަމަ އަރަފާތު ދުވަހުގެ ހުތުބާ ތަރުޖަމާ ކޮށްފައިވަނީ ފަސް ބަހަކުންނެވެ.

ސައުދީގެ އޮފިޝަލުން ވަނީ އެކި ގައުމުތަކުގެ ބަހުން ތަރުޖަމާ ކުރުމުން ކޮންމެ އަހަރަކުވެސް އެކިގައުމުތަކުން އެތައް ބަޔަކު އަޑުއަހާ ކަމަށް ބުނެފައިވެއެވެ. އޮފިޝަލުން ވަނީ މިއަހަރުވެސް ބިލިއަނަކަށްވުރެ ގިނަ މީހުން އެޕްރޮގްރާމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަރަފާތު ދުވަހުގެ ހުތުބާ އަޑު އަހާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.