ސަމްޔަންގްގެ ރާމެން ނޫޑުލްސްގައި ނުރައްކާތެރި މާއްދާއެއް ހިމެނޭ ކަމަށް ބުނެ ޑެންމާކްއިން ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ދެކުނު ކޮރެއާއިން އުފައްދާ އަދި ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ރަމެން ނޫޑުލްސްގައި ކެޕްސައިކިން އެކުލެވޭ މިރުސް ބޭނުންކޮށްގެން ކުޅިކޮށްފައި ވުމުގެ ސަބަބުން އެ ބޭނުންކުރާ ފަރާތްތައް ވިހަ ވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށް ޑެންމާކްގެ ކަމާބެހޭ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. ކެޕްސައިކިން އަކީ މިރުސް ކުނޑި ކުޅި ކުރުމަށް ބޭނުންކުރާ ބާވަތެކެވެ.
ޑެންމާކްގެ ވެޓިނަރީ އެންޑް ފުޑް އެޑްމިނިސްޓްރޭޝަން އިން ވަނީ އެގައުމުގެ އެކި ކަންކޮޅުތަކުން ރަމެންގެ ބާވާތްތައް ނެގުމަށް އަންގައިފައެވެ.
ޑެންމާކުން ފިޔަވަޅު އެޅުމަށް ނިންމުމާ އެކު ދެކުނު ކޮރެއާގައި ރަމެން އުފައްދާ ކުންފުނި، ސަމްޔަންގް އިން ވަނީ އެކުންފުނީގެ އުފެއްދުންތަކުގައި އެއްވެސް ނުރައްކަލެއް ނުވާނެ ކަމަށް ބުނެފައެވެ.،
ސަމްޔަންގް އިން ވަނީ ޑެންމާކް އިން ރަމެން ބޭނުން ކުރުން ހުއްޓުވުމަށް އުޅޭ ސަބަބު އެނގިފައިވާ ކަމަށް ބުނެފައެވެ. އެއީ ރަމެން މާބޮޑަށް ކުޅިވުން ކަމަށް އެކުންފުނިން ބުނެއެވެ.
ސަމްޔަންގް ކުންފުނީގެ ރަމެން ނޫޑްލިސް އަކީ ރާއްޖޭގައިވެސް ވަރަށް މަޝްހޫރު ނޫޑްލިސް އެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ