އުރީދޫން ޔޫރޯ 2024ގެ ހުރިހާ މެޗެއް ސޮނީ ލިވް އެޕުން ދައްކާނެކަން އިއުލާންކޮށް، މެޗުތައް ބެލުމަށް ހާއްސަ ޑޭޓާ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ، ޔޫރޫގެ ހުރިހާ މެޗެއް ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ސޮނީ ލިވްއިން ލައިވްކޮށް ބެލޭނެ ކަމަށެވެ. 250 ރުފިޔާއަށް 100ޖީބީ ލިބުމުން، 30 ދުވަހަށް ހިލޭ ސޮނީ ލިވް ޕްރީމިއަމް އެކްސެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ޕެކޭޖި ލައިވް ކުރާނީ މި ހަފުތާ ނިމުމުން ކަމަށް އުރީދޫން ބުންޏެވެ. އަދި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
އުރީދޫން ވަނީ ޔޫރޯއާ ދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ތައާރަފުކޮށްފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި