ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ "ސެވެން ސްޓާސް ޕާމަސިއުޓިކަލް ކޯ ލިމިޓެޑް" އިން އުފެއްދުމުގައި ބޭނުންކޮށްފައިވާ އެކްސިޕިއެންޓެއްގައި ނުރައްކާތެރި ކެމިކަލް މާއްދާއެއް އެކުލެވިފައިވުމުން، އެ ކުންފުނީގެ 15 ބޭހަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެދިއްޖެއެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ތައިލެންޑުގެ ބޭސް ރެގިއުލޭޓުކުރާ އޮތޯރިޓީން ވަނީ އެ ކުންފުނީގެ 15 ބާވަތެއްގެ ބޭސް ރިކޯލްކޮށް އެކަން އެމްއެފްޑީއޭއަށް އަންގައިފައި ކަމަށެވެ.
- ކާބޮސޯލް ސިރަޕް
- ސްޓާޓެކް ސިރަޕް
- ޕެރެސްޓާ ސަސްޕެންޝަން
- ފޭޓެކް ސިރަޕް
- ސެޓަފެން ސިރަޕް
- ކޯ- ޓްރިމެކްޒޯލް މިކްސްޗާ
- ކްރެސްބުފެން ސަސްޕެންޝަން
- ޑޮމްޕާސްޓާ ސަސްޕެންޝަން
- ކްރެސްޓްރިމް ސަސްޕެންޝަން
- ކްރެސްކޯލެޓް ސިރަޕް
- ކްރެސްޓެކް ސިރަޕް
- ކްރެސްބްރޮކްޒޯލް ސިރަޕް
- ސްޓަރޓިފިން ސިރަޕް
- އިބުސްޓާ ސަސްޕެންޝަން
- ޑޮމްޕާކްރެސް ސިރަޕް
"ސެވެން ސްޓާސް ޕާމަސިއުޓިކަލް ކޯ ލިމިޓެޑްގެ މި ބޭސްތަތަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭސްތަކެއް ނޫނެވެ. ނަމަވެސް ތައިލޭންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލެންޑް ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް ދަންނަވަމަވެ..،" އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު، ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމުން ލިބެން ހުންނާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު