ހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ސައުދީ އަރަބިއްޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ސައުދީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ނިންމައިފައިވާ ކަމަށެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސައުދީގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވައި އެ ދަރިވަރުންނަށް އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ޝަހީމް މިއަދު ވިދާޅުވީ ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮންމެ އަހަރަކުވެސް ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުގައި ބައިވެރިވެވޭ ގޮތަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ.
"މިކަމަކީ މިއީ ވަރަށް މުހިންމު ކަމެއް، އެނގިވަޑައިގަންނަވާނެ ފަދައިން ހައްޖުގައި، ރާއްޖޭގެ ރަސްމީ ކޯޓާގެ ތެރެއިން 1،000 މީހުން ހައްޖަށް ދާއިރުގައި އަަރަބި ބަސް ދަންނަ މީހުން، ދަތުރު ކުރާ ބަސްތަކުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް، އަރަބި ބަސް ދަންނަ މީހުން މަދުވީމަ ވަރަށް ހަމަ ދަތިތައް ދިމާވޭ،" ޝަހީމް ވިދާޅުވިއެވެ.
އެކަން އެގޮތަށް ނިންމުމުގެ ސަބަބުން ހައްޖުވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މިއީ ކޮންމެ ކޮންމެ ގައުމަކަށް އެގޮތަށް ފަހިވެފައި އޮންނަ ފުރުސަތެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު