މިއަހަރުގެ ހައްޖުގެ ފުރަތަމަ ކުއްޖާ މައްކާގައި އުފަންވެއްޖެއެވެ.
ސައުދީގެ ސިއްހީ އިދާރާއާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މިއަހަރު ހައްޖު މޫސުމުގައި މައްކާގައި ފުރަތަމަ ވިހާފައިވަނީ ނައިޖީރިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެކެވެ.
މައްކާގައި ހުންނަ މެޓާނިޓީ އެންޑް ޗިލްޑްރެން ހޮސްޕިޓަލުގައި އުފަންވި އެކުއްޖާއަށް ދީފައިވާ ނަމަކީ މުހައްމަދު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އޮފިޝަލުން ވަނީ ނައިޖީރިއާގެ އެ މީހާ ބަނޑުގައި ރިއްސާތީ ހައްޖުގެ އިމަޖެންސީ މެޑިކަލް ޓީމުގެ އެހީގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެފައެވެ. އަދި ވިހާފައި ވަނީ ބަނޑަށް 31 ހަފުތާގައި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މައްކާގައި ހުންނަ މެޓާނިޓީ އެންޑް ޗިލްޑްރެން ހޮސްޕިޓަލަކީ ހައްޖު މޫސުމަށް ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާ އަދި ހައްޖާޖީންނަށް ވަގުތުން ވަގުތަށް ފަރުވާ ދިނުމުގެ ހުރިހާ އިންތިޒާމުތަކެއް ފުރިހަމަ ކޮށްފައިވާ ހޮސްޕިޓަލުތަކުގެ ތެރެއިން ހޮސްޕިޓަލެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ