އއ. ތޮއްޑޫ ހޭޅިފަށުގައި ރޯކޮށްލި މައްސަލައިގައި 45 އަހަރުގެ މީހެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ތޮއްޑޫ ބްރައިޓް އަންހެނުން މަގުބޭރު ހޭޅިފަށުގައި އަލިފާން ރޯވެފައިވާ ކަމަށް ރޭ 9:29 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި 45 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ މީހާ ހައްޔަރު ކުރި އިރު، ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން އަށް މީހަކު ވަނީ މިއަދު ހައްޔަރުކޮށްފައެވެ. އަދި މިދިޔަ ބުދަ ދުވަހު ހިންގި ހަމަނުޖެހުމުގައި ފުލުހަކަށް ވަނީ އަނިޔާވެފައެވެ.