މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވުމަށް ނިންމާފައިވާ ބިލްތަކުގެ ތެރެއިން މިދައުރަށް 37 ބިލެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ސަރުކާރުން މަޖިލީހަށް 37 ބިލެއް ހިމެނޭގޮތުން ލިސްޓެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި މިއަދު އެބިލްތައް މެންބަރުންނަށް ފޮނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ފޮނުއްވި ބިލް ތަކުގެ ތެރެއިން ދެ ބިލެއްގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައިވެސް ވަނީ އިއްވައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ހުށަހަޅުއްވާ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމައު މުއިއްޒު ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށްޓަކައި ސަރުކާރުގެ ބޮޑު އަގުލަބިއްޔަތެއް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން 200 ގާނޫނެއް ފާސްކުރަންޖެހޭ ކަމަށެވެ.