ޗެކް ރިޕަބްލިކްގެ މުހިއްމު މިޑްފީލްޑަރު، މިޝޭލް ސަޑިލެކަށް ބައިސްކަލުން ވެއްޓި ލިބުނު އަނިޔާއެއްގެ ސަބަބުން ޔޫރޯ 2024 ގެއްލޭނެކަން ޔަގީން ވެއްޖެއެވެ.
ސަޑިލެކަކީ ނެދަލޭންޑްސް ލީގުގެ ޓެވެންޓޭއަށް ކުޅެމުންނަ އަންނަ އުމުރުން 25 އަހަރުގެ މިޑްފީލްޑަރެކެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 24 މެޗު ކުޅެފައިވާ އިރު، އެންމެފަހުން 2021 ވަނަ އަހަރު ބޭއްވި ޔޫރޯގައިވެސް ކުޅެފައިވެއެވެ. އަދި ގައުމީ ޓީމަށް ޔޫރޯއަށް ތައްޔާރުވާން ކުޅެމުންދާ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން މާލްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެކު ރިޕަބްލިކްގެ ކެޕްޓަންކަންވެސް ކުރީ ސަޑިލެކެވެ.
ސަޑިލެކް ބައިސަކަލުން ވެއްޓި، އޭނާގެ ފައިގެ ތަންގަނޑެއް ފުންކޮށް ހަލާކުވެފައިވެއެވެ. އެ ފާރުގަނޑު ބޮޑުކަމުން ޔޫރޯގެ ސްކޮޑުގައި ސަޑިލެކް ހިމެނެން ނެތް ކަމަށް ކޯޗު އިވާން ހަސެކް ވަނީ ބުނެފައެވެ. އިވާން ބުނީ ސަޑިލެކަކީ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށާއި، އެފަދަ ބަދުނަސީބު އަނިޔާއަކުން ޔޫރޯ ގެއްލުން އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ޗެކް ރިޕަބްލިކުން ޔޫރޯގައި ފުރަތަމަ ކުޅޭނީ ޕޯޗުގަލްއާ ދެކޮޅަށެވެ. އެއީ ޖޫން 18 ވަނަ ދުވަހުގެ މެޗެކެވެ. އޭގެފަހުން ގްރޫޕް އެފްގައި އެޓީމުން ނުކުންނާނީ ތުރުކީއާއި އަލަށް ކުޅޭ ޖޯޖިއާއާ ދެކޮޅަށެވެ. އެންމެފަހުން ބޭއްވި ޔޫރޯ 2020 ގައި ޗެކުން ވަނީ ކުއާޓާ ފައިނަލް ކުޅެފައެވެ. އެޓީމު ކެޓީ ޑެންމާކު އަތުން ބަލިވެގެންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024