ދިހަވަނަ ގައުމީ ޗެސް މުބާރާތުގެ އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ނިހާޔާ އަހުމަދު، ފިރިހެން އޯޕަން ޗެމްޕިއަންކަން މުހައްމަދު ޝުއާއު ހޯދައިފިއެވެ.
މިއަހަރުގެ ގައުމީ ޗެސް މުބާރާތުގައި ދެ ކެޓަގަރީގައި 111 ކުޅުންތެރިން ވާދަކުރިއެވެ. އެއީ އަންހެން ކެޓަގަރީގައި 33 ކުޅުންތެރިންނާއި ފިރިހެން އޯޕަން ބައިގައި 78 ކުޅުންތެރިންނެވެ. މިދިޔަ މަހުގެ 27 އިން މިމަހުގެ ހަތަކަށް ކުރިއަށްދިޔަ މުބާރާތުގެ ދެ ކެޓަގަރީގައި ޖުމުލަ 580 މެޗު ކުޅުނެވެ. މިއީ މިހާތަނަށް ގައުމީ ޗެސް މުބާރާތުގައި އެންމެ ގިނަ ކުޅުންތެރިން ވާދަކުރި ފަހަރެވެ.
މިދިޔަ އަހަރުގެ އަންހެން ބައިގައި ވާދަކުރީ 19 ކުޅުންތެރިންނެވެ. އޯޕަން ބައިގައި ވާދަކުރީ 65 ކުޅުންތެރިންނެވެ.
ޗެސް މުބާރާތް ނިންމައި އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. ރާފިއު ވަނީ ނިންމުމުގެ ރަސްމިއްޔާތުގައި ގައުމީ ޗެސް ޗެމްޕިއަނުންނަށް އިނާމު ހަވާލުކޮށްދެއްވައިފައެވެ.
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން