މާލޭގައި އިއްޔެ ފެށި ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެއިން މިހާތަނަށް އަށް މެޑަލް ހޯދައިފިއެވެ.
އިއްޔެ ފެށި އިވެންޓްގައި ރާއްޖެއަށް އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިދިނީ އަޒްނީން ރަޝާދެވެ. ފިރިހެނުންގެ 170 ސެންޓްމީޓަރު ސްޕޯޓްސް ފިޒީކް ކެޓަަގަރީން އަޒްނީން އަނެއްކާވެސް ރަން މެޑަލް ހޯދާފައިވާ އިރު، މިއީ އޭނާ ދެކުނު އޭޝިއާގެ މުބާރާތުގައި ޖެހިޖެހިގެން ހޯދި ތިންވަނަ ރަން މެޑަލްއެވެ. އަދި މިއީ ރާއްޖޭގެ އެތުލީޓަކު ސަރަހައްދީ މުބާރާތަކުން ޖެހިޖެހިގެން ތިން ފަހަރަށް ރަން މެޑަލް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ.
އަޒްނީން އަކީ އެކެޓަގަރީގެ ދުނިޔޭގެ ޗެމްޕިއަނެއްވެސް މެއެވެ. އެންމެފަހުން ބޭއްވި ދެ ވޯލްޑް ޗެމްޕިއަންޝިޕްގެ އެކެޓަގަރީގެ އަޒްނީން ރަން މެޑަލް ހޯދައިފައިވާ އިރު، އޭޝިއާ މުބާރާތުގެ އެ ކެޓަގަރީން އެންމެ ފަހުން ދެ ފަހަރު ރަން މެޑަލް ހޯދީވެސް އަޒްނީނެވެ.
އަޒްނީންގެ އިތުރުން އެތުލެޓިކް ފިޒީކްގެ 175 ސެންޓްމީޓަރު ބައިން ރާއްޖޭގެ އަބްދުﷲ އަހުސަން އިއްޔެ ރަން މެޑަލް ހޯދިއެވެ. އަދި އެކެޓަގަރީގެ ދެވަނައަށް ދިޔައީ އިބްރާހިމް ނަބީލެވެ.
ރާއްޖެއިން އިތުރު މެޑަލްތައް ހޯދާފައިވަނީ، އިއްޔެ ކުރިއަށް ދިޔަ 55 ކިލޯގެ ބައިން ދެވަނަ ހޯދި ޝާހީން އިބްރާހިމް ދީދީ، 60 ކިލޯގެ ބައިން ދެ ވަނަ ހޯދި ޝާލު އިބްރާހިމް، 160 ސެންޓްމީޓަރު އެތުލެޓިކް ފިޒީކް ބައިން ދެ ވަނަ ހޯދި ހުސެއިން ރިޔާޒްގެ އިތުރުން، 167 ސެންޓްމީޓަރު ބައިން ރަން މެޑަލް ހޯދި ފަތުހުﷲ މުހައްމަދު އާއި ދެ ވަނަ އަށް ދިޔަ މަހުމޫދު ޒިޔާދެވެ.
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ