ދިވެހި ކަނޑުތަކަކީ ދިވެހިންގެ ތިޔާގި އިގުތިސޯދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަހައްދުގެ މުހިންމުކަމާއި އެކަނޑުތަކުގެ ގުދުރަތީ ނަލަކަމާއި އެކަނޑުތަކުގައިވާ ރޯއްޖާއި ހަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިގުތިސޯދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށެވެ.
ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަހައްދަށްވާ އިރު، ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ކަނޑާއި ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކޮށް އެކަމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ އަށް ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކަނޑުތަކުގެ ދުވަހަށް ހާއްސަ ކޮށްފައިވާ މިޝިއާރަކީ "ކެޓެލައިޒިން އެކްޝަން ފޯ އަވާ އޯޝަން އެންޑް ކްލައިމެޓް" އެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. އެހެންކަމުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރާއްޖެއަށް ވަރަށް ބޮޑަށް ހާއްސަވެއެވެ.
މި ދުވަހާ ގުޅުވައިގެން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންދަން ނިންމައިފައެވެ.
އެގޮތުން ކުރެހުމުގެ މުބާރާތަކާއި މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުއިޒް މުބާރާތަކާއި މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ބާއްވައިފައެވެ. މީގެއިތުރުން ދުވަހާ ގުޅުވައިގެން މަސް ރޭހަކާއި ސާފުކުރުމުގެ ހަރަކާތަކާއި "އެންމެން މޫދަށް" ނަމުގައި މޫދު ހަރަކާތެއް ވަނީ ބާއްވައިފައެވެ. އަދި މިއަދު 'އޯޝަން ޑޭ ފެސްޓިވަލް'އެއް ބާއްވާން ވަނީ ހަމަޖެހިފައެވެ،
ފިޝަރީސް މިނިސްޓްރީން ބުނީ ކަނޑުތަކުގެ ދުވަހުގެ މިއަހަރުގެ ހަރަކާތްތައް ރާވާފައިވާނީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭނެ ގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު