ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 8:52 އެހާކަންހާއިރު ކަމަށެވެ.

އަޑިއަށްދަނީ "ލޫން 2" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯންޏަކީ ޅ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.

އެ ހާދިސާ ހިނގައިފައިވަނީ ކަނޑުއޮޅިން ނުކުންނަން އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯނިން ދަތުރުކުރި ހަތަރު މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން އެމްއެންޑީއެފުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.