ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެއެވެ.
މެރިން ޕޮލިސްއިން މިރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހާދިސާ ހިނގާފައިވަނީ މިރޭ 11:00 ހާއިރު ހުޅުލޭ ނެރު ކައިރިން ކަމަށެވެ.
"މި އެކްސިޑެންޓުގައި ހަތް މީހަކަށް އަނިޔާވުމާ ގުޅިގެން އައިޖީއެމްއެޗްއަށް ވަނީ ގެންދެވިފައި،" މެރިން ޕޮލިހުން ބުންޏެވެ.
އެ މައްސަލަ މެރިން ޕޮލިހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބޭގޮތެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު