ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީގެ މުގައްރިރަކަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައްޔަންކުރަން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީތަކަށް އައްޔަން ކުރަން ޕާޓީތަކުން ފޮނުވި ނަންތައް ފާސްކޮށްފައެވެ.

241 ކޮމިޓީގެ މުގައްރިރު ކަމަށް ސަލީމް އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަންކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުއެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ކަމަށް ގާސިމް އައްޔަންކުރަން ފާސްކޮށްފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގެ ނައިބަކަށް އައްޔަނުކޮށްފައިވަނީ ސަލީމެވެ.

  • 241 ކޮމިޓީ: ޕީއެންސީގެ އަށް މެންބަރުންނާއި އެހެން ކޮންމެ ޕާޓީއަކުން މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއް
  • މާލިއްޔަތު ކޮމިޓީ: އެމްޑީޕީގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި ޕީއެންސީ އަށް މެންބަރުން
  • ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ: އެމްޑީޕީގެ ދެ މެންބަރުންނާއި އެމްއެންޕީ މެންބަރެއްގެ އިތުރުން ޕީއެންސީ އަށް މެންބަރުން
  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ: އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުން
  • ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީ: ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ ނުވަ މެންބަރުން
  • އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ: އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުން
  • ޖުޑިޝަރީ ކޮމިޓީ: ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުން
  • ލާމަރުކަޒީ ކޮމިޓީ: ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީގެ މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއް
  • ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީ ދެ މެންބަރުން
  • ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ: އެމްޑީޕީގެ މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ ނުވަ މެންބަރުން
  • ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ: ޕީއެންސީގެ އަށް މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނާއި އެމްޑީއޭގެ މެންބަރެއް
  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީ އާއި އެމްއެންޕީން މެންބަރެއް
  • އިޖުތިމާއީ ކޮމިޓީ: އެމްޑީޕީ އާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ ނުވަ މެންބަރުން
  • އިގުތިސޯދީ ކޮމިޓީ: އެމްޑީއޭގެ މެންބަރަކާއި އެމްޑީޕީގެ ތިން މެންބަރުންގެ އިތުރުން ޕީއެންސީގެ ހަތް މެންބަރުން
  • މާލިއްޔަތު ކޮމިޓީ: ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީޕީގެ ދެ މެންބަރުންނާއި ޕީއެންސީގެ އަށް މެންބަރުން
  • ގަވާއިދު ކޮމިޓީ: އެމްޑީޕީ އާއި އެމްޑީއޭއިން މެންބަރަކާއި ޕީއެންސީގެ ނުވަ މެންބަރުން
  • އިމްތިޔާޒާއި ސުލޫކު ކޮމިޓީ: އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުން
  • ޕެޓިޝަން ކޮމިޓީ: އެމްޑީއޭ އާއި އެމްޑީޕީން މެންބަރަކާއި ޕީއެންސީގެ ނުވަ މެންބަރުން
  • އާއްމު ކޮމިޓީ: އެމްޑީޕީ އާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ ނުވަ މެންބަރުން