އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ތިން ބޭފުޅުންނަކީ މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ބޭފުޅުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރުހުން ނުލިބުނު ނަމަވެސް އެ ތިން މެންބަރުން އަލުން ހަމަ އެބޭފުޅުން ތިއްބެވި މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ.
އެއަށްފަހު އެބޭފުޅުނަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ ވަނީ އެ މައްސަލަ ދިރާސާކުރެއްވުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާލުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.
ދެން އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު