ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މި އަހަރުގެ ދުވުން މިއަދު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ފަހަރުގެ ރަން މިއަދު ހެނދުނު ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައިވަނީ ތިން އުމުރުފުރާއެއްގެ ކުދިންނާއެކުގައެވެ. މި އަހަރުގެ ރަންއަށްވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، 760 އަށްވުރެ ގިނަ ކުދިން ދުވުމުގައި ބައިވެރިވިއެވެ. އެ ކުދިން ބަހާލާފައި ވަނީ ޖުމުލަ ތިން އުމުރުފުރާ އަކަށެވެ. އެއީ ތިން އަހަރާއި ފަސް އަހަރާ ދެމެދު، ހަ އަހަރާއި އަށް އަހަރާ ދެމެދު އަދި ނުވަ އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.
މިއަދުގެ ރަންގައި ދުވި ދުވުންތެރިންގެ ފަރާތުން އުފާވެރިކަން ފެނިގެން ގޮސްފައިވާ އިރު، ހެނދުނުގެ އެ މާހައުލު ވެގެންދިޔައީ ހިތްގައިމު މާހައުލަކަށެވެ. ރަންގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލުވެގެން ދިޔަތަން ރަން އިން ފެނިގެން ދިޔައެވެ.
ވައު ކިޑްޒް ރަންއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބީއޭއެމްއެލް އިން ކޮންމެ އަހަރަކު ބާއްވާ ރަންއެކެވެ. މިއަދުގެ ރަންގައި ދުވި ހުރިހާ ބައިވެރިވެރިންނަށްވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ.
މީގެ ކުރިންވެސް ވައު ކިޑްޒް ރަން ކާމިޔާބު ކަމާއެކު ބީއޭއެމްއެލް އިން ބާއްވާފައިވާ އިރު، މިއީ ބީއެމްއެލްއާއި ޓީއެފްޖީ ގުޅިގެން ދުވުން ބޭއްވި އަށްވަނަ އަހަރެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް