އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހި އެ މީހާ މަރުވި މައްސަލައިގައި ލޯންޗު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު 7:55 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކުރި އެ ހާދިސާގައި ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް މަރުކަޒާ ހަވާލާދީ ފުލުހުން ބުނެއެވެ. އެއީ ބަންގްލަދޭޝް މީހެއް ކަމަށް އެނގިފައިވެއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން މަރުވި މީހާގެ ގައިގައި ޖެހުނު ލޯންޗު ދުއްވަން އިން ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ދިވެއްސެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު