ފްރާންސްގެ ޑިފެންސް ފެއާގައި ބައިވެރިނުވެވޭ ގޮތަށް އިޒްރޭލް ބޭންކޮށްފިއެވެ.

ފްރާންސްގައި އޮންނަ އެންމެ ބޮޑު އެއް ޓްރޭޑް އެގްޒިބިޝްން ކަމަށްވާ ''ޔޫރޯސްޓޯރީ 2024'' ޑިފެންސް ފެއާގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ހުޅުވާލައިފައެވެ. ފެއާ ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ 17 އިން 21 އަށެވެ.

ފެއާ އިންތިޒާމުކުރާ ފަރާތުން ވަނީ އެ ފެއާގައި ބައިވެރިވުމަށް އިޒްރޭލުގެ 74 ކުންފުންޏަކުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ކުންފުނިތަކަށް ފެއާގައި ބައިވެރިނުވެވޭނެ ކަމަށް އަންގައިފައެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމުގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ ފިއްތުންތަކެއް އެ ގައުމަށް ދަނީ ކުރިމަތިކުރަމުންނެވެ.