އެސްޓީއޯގެ ބޭސްފިހާރަތަކުގައި ބޭނުންކުރާ ސޮފްޓްވެއާ އަޕްގްރޭޑް ކުރުމަށް ބައެއް ބަދަލުތަކެއް ގެންނަން ޖެހޭތީ އެ ތަންތަނުގެ ހިދުމަތް މާދަމާ މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ބޭސް ފިހާރަތަކުން މާދަމާ ބޭސް ވިއްކުން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް އެމެޖެންސީ ހާލަތްތަކުގައި ބޭސް ފިހާރަތަކުން ބޭސް ވިއްކާނެ ކަމަށެވެ.
އެސްޓީއޯ އިން މި ވަގުތު 190 ފާމަސީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާއިރު އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭސް ވިއްކަމުން އަންނަ ކުންފުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު