މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން މާދަމާ ފުރަން ފަށާނެއެވެ.
މި އަހަރުވެސް ރާއްޖެ އިން 1000 މީހުން ހައްޖަށް ދާއިރު އެޑްވާންސް ޓީމުގައި ހިމެނޭ ދިހަ ބޭފުޅަކާއި ހައްޖާޖީންގެ އިންތިޒާމުތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލި ހައްޖު މިޝަންގައި ހިމެނޭ ބޭފުޅަކުވެސް ވަނީ ސައުދީއަށް ގޮސްފައެވެ.
ހައްޖު މިޝަން އިން ބުނީ ރާއްޖެ އިން މާދަމާ 298 މީހަކު ހައްޖަށް ފުރާނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އިތުރު 353 މީހަކު އަދި ފަހު ގުރޫޕުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު 339 މީހުން ފުރާނެ ކަމަށް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން "ވަން" އަށް މިއަދު ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް އިތުރު ކޯޓާ ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށާއި އެކަން މި ހަފުތާގައި އެނގޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު