އެ މަނިކުފާުގެ އުންމީދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު އެންމެ އިތުބާރުހުރި ގައުމަށާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެންބަރުން މިއަދު ވަނީ މެންބަރުކަމުގެ ހުވައި ކުރައްވައި، މަސައްކަތް ފަށައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ މެންބަރުންނަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އުންމީދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު މަޖިލީހަށް 20 ވަނަ މަޖިލިސްވުން ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު އެންމެ އިތުބާރު ހުރި ގައުމަށާއި ރައްޔިތުންނަށް އެންމެ މަންފާ ހުރި ކަންކަން ނިންމާ މަޖިލީހަށް މި ފަހަރުގެ މަޖިލިސް ވުމެވެ." ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު