އިންޑިއާ އާއި ބަންގްލަދޭޝްއަށް ބާރުގަދަ ތޫފާނެއް އަރައި 16 މީހުން މަރުވެއްޖެއެވެ.
ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާއިރު، ތޫފާން ރެމާލްގެ ނަން ދީފައިވާ އެ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާއި ބަންގްލަދޭޝްއާ ދިމާލަށެވެ.
އެ ތޫފާން ބަންގްލަދޭޝްގެ އަށްސޭރިފަށުގައި އޮންނަ މޮންގްލާ ޕޯޓަށް އަރާފައިވާއިރު މިހާތަނަށް އެ ގައުމުން 10 މީހުން ވަނީ މަރުވެފައެވެ. ގިނަ މީހުން މަރުވެފައިވަނީ ގެނބިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަންގްލަދޭޝް އިން މިހާތަނަށް 3.75 މިލިއަން މީހުންނަށް ތޫފާނުގެ ސީދާ އަސަރުކޮށްފައިވެއެވެ. އަދި 35،483 ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ލައްކައަކަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ތޫފާންގެ ސަބަބުން އިންޑިއާ އިން މިހާތަނަށް މަރުވެފައިވަނީ ހަ މީހުންނެވެ. އޭގެ ތެރެއިން ތިން މީހަކު މަރުވެފައިވަނީ ކަރަންޓުގައި ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ