މާލެއިން ގެއްލުނު 14 އަހަރުގެ ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ތ. މަޑިފުށި، ނައިޓްރޯސް ޒޯޔާ ފިކުރީ (މިހާރު ދިރިއުޅޭ އެޑްރެސް، ވ. ނާލިސް) 14 އަހަރެވެ.
ފުލުހުން މިއަދު ބުނީ ޒޯޔާ ފިކުރީ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޒޯޔާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު، އޭނާ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުންޏެވެ.
ޒޯޔާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަން 9790083 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު