މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސް 2024 މުހައްމަދު ރިހާން ޝިހާމް ގައުމީ ދެ ރެކޯޑު އާ ކުރި އިރު، މުހައްމަދު އާން ހުސައިންވެސް އިތުރު ގައުމީ ރެކޯޑެއް އާ ކޮށްފިއެވެ.
ރިހާންގެ ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑާއި އާންގެ ފިރިހެން ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އާ ކުރީ ބުރާސްފަތި ދުވަހުގެ އިވެންޓްތަކުންނެވެ. އަދި ރިހާން މިއަދު އާ ކުރީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑެވެ.
ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ރިހާން މުގުރާލާފައި ވަނީ 18 މިނެޓް، 3.57 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
އެ ރެކޯޑު ކުރިން އޮތީ، މުބާލް އައްޒާމް އިބްރާހީމް އަތުގައެވެ. 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި އޭނާ ރޭސް ނިންމާފައި ވަނީ 19 މިނެޓް، 26.54 ސިކުންތުންނެވެ.
އާން، ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފައި ވަނީ 54.46 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އާން ވަނީ އެ އިވެންޓުން ފައިނަލް ސީ އަށްވެސް ދަތުރު ކޮށްފައެވެ. އާން މިފަހަރު މުގުރާލި ރެކޯޑަކީ ކުރިންވެސް އޭނާ އަތުގައި އޮތް ރެކޯޑެކެވެ.
އާން ކުރިން ރެކޯޑު ހެދީ މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އާން އެފަހަރު ރެކޯޑު ހެދީ އާކޮށްފައިވަނީ 55.11 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރިހާން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑު މިއަދު ހެދީ އެއް މިނެޓް 0.73 އިން ރޭސް ނިންމައިގެންނެވެ. ރިހާން ވަނީ އެ ޓައިމިންނާ އެކު އިވެންޓްގެ ފައިނަލް ސީއަށްވެސް ދަތުރު ކޮށްފައެވެ.
ރިހާން އަތުގައި ކުރިން އެ ރެކޯޑު އެއް މިނެޓް، 1.60ގެ ޓައިމިން އަކާއެކުގައެވެ. އޭނާ އެފަހަރު ރެކޯޑު ހަދާފައި އޮތީ މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި ވާދަކޮށްގެންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން