މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު ބިދޭސީއަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް ތެރޭގައި ބަންދުކޮށްގެން ގެންގުޅުނީ ނޭޕާލް ފިރިހެނެއް ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "ވަން" އަށް މިރޭ ވިދާޅުވީ ބަންދުކޮށްގެން ގެންގުޅުނު މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު