ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޒީނާޒް އަދުނާން ހަމަޖައްސައިފިއެވެ.

ޒީނާޒަކީ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އަނބިކަނބަލުންނެވެ. އޭނާ ވަނީ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުވެސް މީގެ ކުރިން އަދާކުރައްވައިފައެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް ހަމަޖައްސެއްވީ މިއަދުއެވެ. އެކަން ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަން" އަށް މިރޭ ކަށަވަރު ކޮށްދެއްވައިފައެވެ.

ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ޒީނާޒް ވާދަކުރެއްވިއެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.