ގާޒާގެ ރަފާގައި އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލަން ދުނިޔޭގެ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އަމުރުކޮށްފިއެވެ.
ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމުގެ އިތުރުން ރަފާއަށް އިޒްރޭލު ސިފައިން އަރައިގަތުން ހުއްޓުވައިދީ އިންސާނީ އެހީ ގާޒާއަށް ވެއްދުމުގެ އަމުރެއް ނެރެދިނުމަށް އެދި ދެކުނު އެފްރިކާ އިން އައިސީޖޭ އަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ރަފާގެ ދިރިއުޅޭ ފަލަސްތީން ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އިޒްރޭލުން ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށެވެ.
އެ އަމުރު ނެރުނީ އައިސީޖޭގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުވީ ދެ ފަނޑިޔާރުންނެވެ.
އެ ހުކުމަކީ ގާޒާގައި އިޒްރޭލުން ހިންގަމުން ގެންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ދެކޮޅަށް އައިސީޖޭ އިން ނެރުނު ތިންވަނަ ހުކުމެވެ. ނަމަވެސް މިއަދު ނެރުނު އަމުރަކީ ހަމަލާތައް ހުއްޓާލަން އެ ކޯޓުން ސީދާ އަމުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން އައިސީޖޭ އިން ވަނީ ގާޒާގައި ގަތުލުއާންމު ހިންގުން ހުއްޓުވަން ހުރިހާ މަސައްކަތެއް ކުރުމަށް އިޒްރޭލުގެ މައްޗަށް އަމުރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ