އުތުރުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކުރި އެ މައްސަލައިގައި މިއަދާ ހަމައަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުވާ މީހާ އުޅުނީ ފިލައިގެންނެވެ. އެހެންވެ އޭނާ ހޯދަން ފުލުހުން މިއަދު ވަނީ ފޮޓޯ އާއި ވަނަވަރު އިއުލާން ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުވާ މީހާއަކީ ނ. މިލަދޫ/ މީޒާން، އަހުމަދު ވިއާމް (27އ) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު