މާލޭ ސިޓީގެ މަގަކަށް ފަލަސްތީންއާ ގުޅުވައި ނަމެއް ދޭން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ހަތަރުވަނަ ދައުރުގެ 146 ވަނަ ޖަލްސާގައި އެކަމަށް ހިޔާލު ހޯއްދެވުމަށް ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.
ފަލަސްތީނަކީ ދިވެހިންގެ ހިތާ ގުޅިފައިވާ ތަނެއްކަން ފާހަގަކޮށް އާޒިމް ވަނީ މާލޭގައި ނަން ނުކިޔާ ދެ މަގެއް އެބަ އޮތް ކަމަށާއި އެތަނުން މަގަކަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ''ފަލަސްތީނު ހިނގުން'' ނުވަތަ ފަލަސްތީނާ ގުޅުވައި އެހެން ނަމެއް ދިނުމާމެދު ކައުންސިލް މެމްބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ހިޔާލަށް ހުޅުވާލައިފައެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެންބަރު ފިޔަވައި، އެހެން ހުރިހާ މެމްބަރުން އާޒިމުގެ އެ ހިޔާލަށް ތާއީދުކުރެއްވިއެވެ.
ހިޔާލު ފާސްވުމުން އާޒިމް ވިދާޅުވީ ފަލަސްތީނާ ގުޅުވައި މަގަށް ކިޔާނެ ނަމަކާއި ހުރިހާ ތަފުސީލެއް މެންބަރުންނާ ފަހުން ހިއްސާ ކުރާނެ ކަމަށެވެ. އަދި އެ މަގު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު