އެމްއެމްޕީއާރުސީ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާ ހަވާލުކޮށްފިއެވެ.
އެމްއެމްޕީއާރުސީ ހިންގުން ބައްސާމްއާ ހަވާލު ކުރީ، އެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އިއްޔެ އެ މަގާމުން ވަކިކޮށްފައިވާތީއެވެ. ކުޑީ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގައެވެ.
ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ، އެމްއެމްޕީއާރްސީގެ ހިންގުން ބައްސާމްއާ މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ އެމްޑީކަމުން ކުޑީ ވަކި ކުރި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ވަނީ އެ މަގާމުން މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ. އަދި އެމްއެމްޕީއާރްސީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވާ މެންބަރު ރާފިލް މުހައްމަދު ވެސް މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ޕީސީބީން މިއަދު ބުނީ ނުރައިންގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު