އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފިއެވެ.

ކުޑީ މަގާމުން ވަކިކޮށްފައިވާކަން ވަނީ "ވަން" އަށް ކަށަވަރުވެފައެވެ.

ކުޑީ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގައެވެ.

ކުޑީ އެ މަގާމުން ވަކި ކުރި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ވަނީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. އަދި އެމްއެމްޕީއާރްސީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވާ މެންބަރު ރާފިލް މުހައްމަދު ވެސް މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި ކުޑީ މަގާމުން ވަކިކުރި އިރު، އެމްއެމްޕީއާރްސީ ހިންގަމުން އަންނަ ގޮތާ މެދު ކުޑީ އާއި އެ ކުންފުނީގެ ގެ ބޯޑާ ދެމެދު ވަނީ ގިނަ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.