ހޫނު ގަދަވެ އިންޑިއާގެ ވެރިރަށް ދިއްލީގެ ސްކޫލްތައް ބަންދުކޮށްފިއެވެ.
ދިއްލީގެ ފިނިހޫނުމިން މަތިވެ 47.4 ޑިގްރީ އަށް އެރުމާއެކު އެގައުމުގެ އޮފިޝަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިއްޔެ އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މިހަފުތާގެ ހޫނުމިން އަދިވެސް މަތިވާނެ ކަމަށާއި މިދިޔަ ހޯމަ ދުވަހަކީ ހޫނުމިން އެންމެ މަތިވި ކަމަށް ރެކޯޑް ކުރެވިފައިވާ ދުވަސް ކަމަށް ބުނެފައެވެ. ހޯމަ ދުވަހު 47.7 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އަރާފައިވާ ކަމަށް އެއިދާރާއިން ބުންޏެވެ.
ދިއްލީގެ އިތުރުން އިންޑިއާގެ އެހެން ސިޓީތަކުން ވެސް ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ހަރިއާނާ އާއި މަދިޔަޕްރަދޭޝްގެ އިތުރުން ޕަންޖާބް އަދި ރާޖަސްތާނުގައި ވެސް ހޫނު ގަދަވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ