މާލެ ސަރަހައްދުގެ ކުނި ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ އުޅަނދު ފަހަރުން ނަގަމުން އައި ފީ ނެގުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ހުއްޓާލައިފިއެވެ.
ޓްރާންސްފާ ސްޓޭޝަނަށް އުޅަނދެއް ވަންނަ ކޮންމެ ފަހަރަކަށް ނަގަމުން އައި 150 ރުފިޔާގެ ފީ ނެގުން ވެމްކޯ އިން ހުއްޓާލީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.
ވެމްކޯއިން ބުނީ، އާންމު ފަރާތްތަކާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނި އުފުލުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީގެ ގޮތުގައި ދެން ނަގާނީ 500 ރުފިޔާ ކަމަށެވެ. މީގެ ކުރިން ކިލޯއަކަށް 50 ލާރި ނެގިއެވެ.
ވެމްކޯއިން އިތުރަށް ބުނީ، މާލޭ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމު (ވެއި ބްރިޖް) ގާއިމުކުރެވެންދެން ބަރުދަނަށް ރިއާޔަތްކޮށް އަގު ނެގުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު