ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އަބްދުލްއަޒީޒު އާދަމް ކިޔާ މީހެކެެވެ.

އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ)ގެ ދަށުން ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާ އާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން އަބްދުލްއަޒީޒު އާދަމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.

މި ކުށުގެ އުގޫބާތެއްގެ ގޮތުން އަބްދުލްއަޒީޒު އާދަމް 15 އަހަރު ދުވަހުގެ މުއްދަތަށްް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށްވެސް ހުކުމުގައި ވެއެވެ.