ރަސްމީ ދަތުރެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސި ވިލާތަށް ފުރައިވަޑައިގެންފިއެެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު ސައީދުގެ އެ ދަތުރުގައި ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ވިޔަފާރީގެ ބާޒާރެއް ގާއިމުކުރުމަށްޓަކައި އިނގިރޭސި ވިލާތުގެ ވިޔަފާރީގެ ދާއިރާތަކުގެ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އެ މަޝްވަރާގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ މޯލްޑިވްސް އިންޓާނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީއާއި ޑިވެލޮޕްމަންޓް ބޭންކްގެ ތަރައްގީއާ ގުޅޭ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މިނިސްޓަރުގެ ދަތުރުގައި އިނގިރޭސި ވިލާތުގެ ވިޔަފާރީގެ ހިދުމަތްތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގާނޫނީ އޮނިގަނޑާއި ވިޔަފާރީގެ ދާއިރާގެ އިންފްރާސްޓްރަކްޗާ އަދި ވޯލްޑް ކްލާސް ގަވާނެސް ތަރައްގީކުރުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒުތައް ގާއިމުކުރުމަށްޓަކައި ސްޓްރެޓެޖީއާއި އޮޕަރޭޝަން ފްރޭމްވޯކް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު