"އެލައިޑް ހެލްތު ޕްރޮފެޝަނަލްސް ސްކޮލާޝިޕް ސްކީމް 2026" އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، މި ސްކޮލާޝިޕަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ. މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއި މި ސްކޮލާޝިޕާ ގުޅޭ މައުލޫމާތު ހިމެނޭ "އެނެކްސް 1" ޕޯޓަލްއިން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުން، އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ފޯނު ނަންބަރު 3323262 އަށް ގުޅޭނެއެވެ. އަދި އީމެއިލް އެޑްރެސް އާއި ވެބްސައިޓް މެދުވެރިކޮށްވެސް މައުލޫމާތު ލިބޭނެއެވެ.
އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ

ކޮމެންޓް