މަގުމައްޗަށް ފެން ތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަގަކޮށް، އެ ތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އަންގާފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ، މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެން ތިކި ޖަހާ މައްސަލައަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.

ނަމަވެސް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށައި، މި މަހު އެކަނިވެސް އެފަދަ 30 ތަނެއް މަރާމާތުކޮށް ރަނގަޅުކުރަން އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އޭސީތަކުން ފެން ބޭރުކުރާ ހޮޅި ހަރުކޮށްފައި ހުންނަ ގޮތުގެ ސަބަބުންނާއި ދިޔަދޮވިން ސީދާ މަގުމައްޗަށް ފެން ފައިބާ ގޮތަށް ވަރަށް ގިނަ އިމާރާތްތައް ހުރެއެވެ.