އއ. އުކުޅަހުގައި ހިނގި އެކްސިޑެއްޓެއްގައި 17 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 14:30 ހާއިރު އުކުޅަހުގެ ހިއްކި ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލެއް ނުވެ، ވެއްޓި ސައިކަލް ދުއްވަން އިން ކުއްޖާއަށް އަނިޔާވެފައިވާ ކަމަށެވެ. ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާއަށް އުކުޅަސް ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.