ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުގެ ރައީސްކަމަށް އައްޔަން ކުރެއްވި ހަމްދީ އަގީލް އާއެކު އެ ބޯޑުގެ ފަސް މެންބަރުންނަށް މަޖިލީހުން ރުހުން ދީފިއެވެ.
- ހަމްދީ އަގީލް، ހ. ރަންގަލި، ރައީސް ކަމަށް
- މުހައްމަދު އާޒާދު، ހއ. ކެލާ، ކޮކާގެ، މެންބަރު، ފައިނޭންސް ދާއިރާ
- ލީނާ އަބްދުލް ޖަލީލު، މ. ބްލޫ އޯޝަން، މެންބަރު، ބޭންކިން ދާއިރާ
- މޫސާ ފަތުހީ އާދަމް، ށ. ކޮމަންޑޫ، ރަންކޮކާގެ، މެންބަރު، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
- އަހުމަދު ރަޝާދު، ގ. މައްސާގުގެ، މެންބަރު، ގާނޫނީ ދާއިރާ
- ހަސަން ޒަރީރު، މެންބަރު،، އިކޮނޮމިކް ދާއިރާ
ހަމްދީ އަގީލް ވަނީ މީގެ ކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓާ އޮފް ކޮމާސް ހާސިލުކުރައްވައިފައެވެ.
މީގެކުރިންގެސް ސަރުކާރުގެ އިސް ބައެއް މަގާމުތައް އަދާކުރެއްވި މޫސާ ފަތުހީ މިހާރުވެސް ހުންނެވީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ. ލީނާ އަބްދުލްޖަލީލް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯކަން ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު